ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދަސްކޮށްދޭ އޮންލައިން މޮޑިއުލް

މި މޮޑިއުލް ތައްޔާރު ކޮށްފައިވަނީ ޙާއްސަކޮށް އިންތިހާބު ތަކަށް ކުރިމަތިލާ އަންހެން ކެންޑިޑޭޓުންގެ ޕަބްލިކް ސްޕީކިންގ (އާއްމު ތަންތަނުގައި ވާހަކަދެއްކުންތެރިކަމުގެ) ހުނަރު މިހާރަށްވުރެ ރަގަޅު ކުރުމަށް އެހީތެރި ވުމަށެވެ.
މި މޮޑިއުލް ތައްޔާރުކޮށްފައިވަނީ 3-2 ގަޑި އިރު ތެރޭ ނިމޭ ގޮތަށް، ބައެއް ކަހަލަ އަމަލީ މަސައްކަތްތަށް ހިމަނައިގެންނެވެ. ވާހަކަ ދެއްކުމުގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމަށް މިއަށްވުރެ ގިނަ ވަގުތު ހޭދަ ވާނެކަން ޤަބޫލުކުރެވޭ ހިނދު، މި މޮޑިއުލްއަކީ ކުރު މުއްދަތެއްގެ ތެރޭގައި ވާހަކަ ދެއްކުމުގެ ހުނަރު ރަނގަޅު ކުރުމަށް، ރާއްޖޭގެ އާދަކާދަ އާއި ރާއްޖޭގެ ސަގާފަތްތަކަށް ވިސްނާ، އެކުލަވާލާފައިވާ އޮންލައިން މޮޑިއުލް އެކެވެ.
އިންތިހާބީ މަޤާމެއްގައި ހުންނަ މީހަކީ  ޤާނޫނާއި ޤަވާއިދާއި ސިޔާސަތުތައް ބައްޓަން ކުރުމަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވޭނެ އެއްފަރާތެވެ. ޤާނޫނާއި ޤަވާއިދާއި ސިޔާސަތު އެކަށައެޅުމުގެ މަޤްޞަދަކީ ރައްޔިތުންގެ ހެވާއި ލާބައާއި، ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރުމާއި، މުޖުތަމައުގެ ދުޅަހެޔޮކަމާއި އިޖްތިމާއީ-އިޤްތިޞާދީ އަދާލަތު ރައްޔިތެއް ތެރޭ ޤާއިމުކުރުމެވެ.
ވުމާއެކު، އިންތިހާބީ މަޤާމަކަށް ކުރިމަތިލަނީ މަތިވެރި މަޤްޞަދެއްގައެވެ. އެ މަތިވެރި މަޤްޞަދު އެއީ އިހްލާސްތެރި ހިތަކުން ތިމާގެ ފަރާތުން ރައްޔިތުންނަށް ރަނގަޅު ގޮތްތަށް، ރަނގަޅު ޚިދްމަތަކާއި ފުރުޞަތުތައް، އިންސާފުވެރިކޮށް އެންމެނަށް ފޯރުކޮށް ދިނުން ކަމުގައި ވާންޖެހެއެވެ.
ބައިވެރިވެލައްވާ

ފިލާވަޅުތައް

1. ކޯހުގެ ބައިތައް
02:21
2. ވާހަކަ ދައްކަން ތައްޔާރުވުން
05:14
3. މަޢުލޫމާތާއި ތަފާސް ހިސާބު ހޯދުމަށް ރެފެރަންސް އަކަށް ބެލިދާނެ ފަރާތްތައް
02:00
4. ވާހަކަ ދައްކަން ތައްޔާރުވުން..
01:27
5. ވާހަކަ ދައްކަން ތައްޔާރުވުން...
07:41
6. ޓާސްކް 1: މަޢުލޫމާތު / ތަފާސް ހިސާބުން ދަލީލު ދެއްކުން
30:00
7. ވާހަކަ ތަރުތީބު ކުރުން - ހ.
03:21
8. ޓާސްކް 2: ތަޢާރަފުވާން ފަރިތަކުރުން
15:00
9. ވާހަކަ ތަރުތީބު ކުރުން - ށ
01:02
10. ޓާސްކް 3: އަންނަނިވި ޖުމްލަތައް ކިޔާ ސުވާލުތަކަށް ޖަވާބު ދިނުން
30:00
11. ވާހަކަ ތަރުތީބު ކުރުން - ނ
00:32
12. ޓާސްކް 4: ވާހަކަ ދެއްކުން ނިންމަން ފަރިތަ ކުރުން.
15:00
13. ވާހަކަ ތަރުތީބު ކުރުން - ނ (2 ވަނަ ބައި)
00:47
14. ވާހަކަ ތަރުތީބު ކުރުން - ރ
01:59
15. ޓާސްކް 5: ރަށުގެ ޒުވާނުންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުން.
40:00
16. ބަޔަކު ކުރިމަތީ ވާހަކަ ހުށަހެޅުން
18:51
17. ޓާސްކް 6: ވާހަކަ ދެއްކުމުގެ އޯޑިއޯއެއް ނުވަތަ ވީޑިއޯއެއް ހުށައެޅުން
40:00

ކޯހުގެ ޕާރޓްނަރުން