ބޭނުންކުރުމުގެ އުޞޫލުތައް

ބޭނުންކުރުމުގެ ހަމަތައް

ކިޔެވެނި ޕޯޓަލް ބޭނުންކުރުން

ކިޔެވެނި ޕޯޓަލްގައި ރަޖިސްޓްރީކޮށް އަދި ޕޯޓަލް ބޭނުންކުރުމުގައި، "ދަރިވަރު"އާ ގުޅޭ ރަނގަޅު އަދި ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި، މަޢުލޫމާތަށް އަންނަނި އުނިއިތުރު އަދާހަމަކުރުމަށް އެއްބަސްވާންވާނެއެވެ.  
ކިޔެވެނި ޕޯޓަލް ބޭނުންކުރުމުގައި، މި "ބޭނުންކުރުމުގެ ހަމަތައް"އާއި އަޅުގަނޑުމެންގެ އެހެނިހެން އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި ޕޯޓަލްގެ ޚިދުމަތް ލިބިގަތުމުގެ ލިމިޓެޑް، ޕަރސަނަލް، ނަން-އެކްސްކްލޫސިވް، ނަން-ޓްރާންސްފަރަބަލް އަދި ރިވޯކެބަލް ލައިސަންސް ދަރިވަރަށް ލިބިގެންވެއެވެ. 
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ، އަމިއްލަ ނަމުގައި ހަދާ 1 (އެކެއް) ޔޫޒަރ އެކައުންޓު ފިޔަވައި އެހެން ޔޫޒަރ އެކައުންޓެއް ނުހެދުމަށާއި، އެކްސެސްނުކުރުމަށާއި ބޭނުންނުކުރުމަށް ދަރިވަރު އެއްބަސްވެއެވެ. އަދި ދަރިވަރުގެ ޔޫޒަރ އެކައުންޓްގެ އެކްސެސް ނުވަތަ އެކައުންޓަށް އެކްސެސްވުމަށް ބޭނުންވާ މަޢުލޫމާތެއް ތިންވަނަ ފަރާތަކާ ޙިއްޞާނުކުރުމަށް ދަރިވަރު އެއްބަސްވެއެވެ. 
ކިޔެވެނި ޕޯޓަލްގައި ހިމެނޭ ކޮންޓެންޓް އަމިއްލަ ބޭނުމަށް ޑައުންލޯޑްކުރެވިދާނެއެވެ. ނަމަވެސް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ، އެފަދަ ކޮންޓެންޓެއް ވިޔަފާރީގެ ބޭނުމަށް ބޭނުންކޮށް، ނުވަތަ ތިންވަނަ ފަރާތަކަށް ޙިއްޞާކޮށްގެން ނުވާނެއެވެ.  
ކިޔެވެނި ޕޯޓަލްގެ ޚިދުމަތް ލިބިގަތުމަކުން، ޕޯޓަލްގައިވާ ޚިދުމަތެއް ނުވަތަ ކޮންޓެންޓެއްގެ މިލްކުވެރިކަމެއް ނުވަތަ ކޮޕީރައިޓާއި އެއާގުޅެ އެއްވެސް ހައްޤެއް ދަރިވަރަށް ލިބިގެނެއް ނުވެއެވެ. 
ކިޔެވެނި ޕޯޓަލްގައިވާ މަޢުލޫމާތެއް، ލިޔުމެއް ނުވަތަ އެނޫންވެސް ވަޞީލަތެއް އެއްވެސް ސިފައެއްގައި ޝާއިޢުކުރަން އެދޭނަމަ، އިންސްޓިޓިއުޓުގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ. ޕޯޓަލްގައިވާ މަޢުލޫމާތު އެކިއެކި ދިރާސާތަކަށް ބޭނުންކުރެވިދާނެއެވެ. އެފަދައިން މަޢުލޫމާތު ބޭނުންކުރާ ފަރާތްތަކުން އެ މަޢުލޫމާތު ހޯދީ ކިޔެވެނި ޕޯޓަލްއިންކަން ބަޔާންކުރަންވާނެއެވެ. 
ކިޔެވެނި ޕޯޓަލްއިން ފޯރުކޮށްދޭ ޚިދުމަތް، ފިލާވަޅު، އެސައިންމަންޓް ނުވަތަ އެނޫންވެސް ކޮންޓެންޓެއް ކެންސަލްކުރުން، މެދުކަނޑާލުން، ރީޝެޑިއުލްކުރުން، ބަދަލުކުރުން ނުވަތަ ބުރަދަން ނުވަތަ މާކްސް ބަދަލުކުރުމުގެ ޙައްޤު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްއަށް ނުވަތަ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްއިން ހުއްދަކުރާ ގޮތެއްގެ މަތިން އިންސްޓިޓިއުޓުން ކަނޑައަޅާ ބަޔަކަށް ލިބިގެންވެއެވެ. 

ކިޔެވެނި ޕޯޓަލް ބޭނުންކުރުމުގައި ކޮށްގެން ނުވާނެ ކަންކަން

  • ކިޔެވެނި ޕޯޓަލް ނުވަތަ ޕޯޓަލްގައިވާ މަޢުލޫމާތެއް، ލިޔުމެއް ނުވަތަ ވަޞީލަތެއް ވިޔަފާރީގެ ގޮތުގައި ބޭނުންކުރުން؛ ނުވަތަ ނާޖާއިޒު މަންފާއެއް ހޯދުމަށް ނުވަތަ އެނޫންވެސް ޤާނޫނު ހުއްދަ ނުކުރާ ކަމަކަށް ބޭނުންކުރުން؛ 
  • ކިޔެވެނި ޕޯޓަލް ހިންގުމުގެ ޙަރަކާތަކަށް ނުވަތަ ޕޯޓަލް ހިންގުމަށް ބޭނުންކުރާ ސަރވަރ ނުވަތަ ނެޓްވަރކަށް ހުރަސްއެޅޭ ނުވަތަ ދަތިވާފަދަ ކަމެއް ކުރުން؛ 
  • އެހެން ދަރިވަރަކަށް ކިޔެވެނި ޕޯޓަލް ބޭނުންކުރުމަށް ހުރަސްއެޅުން؛ 
  • އިންސްޓިޓިއުޓުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ކިޔެވެނި ޕޯޓަލް ނަކަލުކުރުމާއި، ބަދަލުގެނައުމާއި، ތަރުޖަމާކުރުމާއި، ވިއްކުމާއި ކުއްޔަށް ދިނުމާއި،އަދި މިނޫންވެސް ގޮތަކަށް މި މަޢުލޫމާތު ބޭނުންކުރުން؛ 
  • ކިޔެވެނި ޕޯޓަލްގެ ކޮޕީރައިޓް ނުވަތަ ޓްރޭޑްމާކް ނުވަތަ ޕްރޮޕަރިއޭޓަރީ ހައްޤެއް އުނިކުރުން ނުވަތަ ބާތިލް ކުރުން؛ 
  • ޕޯޓަލް ބޭނުންކުރުމުގައި "ބޭނުންކުރުމުގެ ހަމަތައް" ނުވަތަ އިންސްޓިޓިއުޓުގެ އެހެނިހެން އުޞޫލަކާ ޚިލާފުނުވުން.

ދަރިވަރު ހުށަހަޅާ ކޮންޓެންޓު

ކިޔެވެނި ޕޯޓަލް މެދުވެރިކޮށް، ހޯމްވޯކް، ކުއިޒް، އިމްތިޙާނު، ޕްރޮޖެކްޓު، އެސައިންމަންޓް ފަދަ ޔޫޒަރ ކޮންޓެންޓް ދަރިވަރަށް ހުށަހެޅޭނެއެވެ. އެފަދަ ޔޫޒަރ ކޮންޓެންޓުގެ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތައް ދަރިވަރަށް ލިބިގެންވެއެވެ. ކިޔެވެނި ޕޯޓަލްގެ ކޯހަކާ ގުޅިގެން ހިމަނާފައިވާ ފިލާވަޅުތަކާއި، ރީޑިންގ މެޓީރިއަލް ނުވަތަ ޑިޖިޓަލް ލައިބްރަރީގައި ހިމެނޭ ކޮންޓެންޓުފަދަ ތަކެއްޗަކީ ޔޫޒަރ ކޮންޓެންޓެއް ނޫނެވެ. 
ކިޔެވެނި ޕޯޓަލްއަށް ދަރިވަރު އަޕްލޯޑްކުރާ ޔޫޒަރ ކޮންޓެންޓު ނަޤުލުކުރުމައި، ބެހުމާއި، ބަދަލުކުރުމާއި، އެ ކޮންޓެންޓުން އެހެން އުފެއްދުންތައް އުފެއްދުމުގެ ފުލީ ޓްރާންސްފަރަބަލް، ރޯޔަލްޓީ ފްރީ، ޕަރޕެޗުއަލް، ސަބްލައިސަންސަބަލް، ނަން-އެކްސްކްލޫސިވް، ވޯލްޑްވައިޑް ލައިސަންސް ދިނުމަށް ދަރިވަރު އެއްބަސްވެއެވެ. އަދި މި ލައިސަންސްގެ ދަށުން، ދަރިވަރު ހުށަހަޅާ ޔޫޒަރ ކޮންޓެންޓް، ކިޔެވެނި ޕޯޓަލްގައި ނުވަތަ އެހެނިހެން ގޮތްގޮތުން ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނާ ޙިއްޞާކުރުމުގެ ހުއްދަ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްގެ ޕާޓްނަރުންނަށް ދިނުމުގެ ޙައްޤު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްއަށް ލިބިގެންވެއެވެ. 
ޔޫޒަރ ކޮންޓެންޓާމެދު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްއަށް ނުވަތަ އިންސްޓިޓިއުޓުން ކަނޑައަޅާ ގޮތެއްގެ މަތިން އިންސްޓިޓިއުޓުގެ ޕާޓްނަރުންނަށް ލިބިގެންވާ ޙައްޤެއް މި ޓާރމްސް އޮފް ޔޫޒްގައިވާ އެއްވެސް މާއްދާއަކުން ހަންޏެއް ނުކުރެވޭނެއެވެ.  
މި ޓާރމްސް އޮފް ޔޫޒް ނުވަތަ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްގެ އެނޫންވެސް އުޞޫލަކާ ޚިލާފުވުން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ޔޫޒަރ ކޮންޓެންޓެއް އުނިކޮށް، ބަދަލުކުރަންޖެހޭ ޙާލަތުގައި އެފަދައިން ޢަމަލުކުރުމުގެ ޙައްޤު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްއަށް ލިބިގެންވެއެވެ. އަދި އެފަދަ ޙާލަތެއްގައި ޔޫޒަރ ކޮންޓެންޓު އުނިކޮށް ނުވަތަ ބަދަލުކުރުމާ ގުޅިގެން ދަރިވަރުގެ ކިބައިން އެއްވެސް ހުއްދައެއް އިންސްޓިޓިއުޓުން ހޯދާކަށް ނުޖެހޭނެއެވެ. 
ކިޔެވެނި ޕޯޓަލްއަދި ޕޯޓަލް ބޭނުންކުރާ ފަރާތްތަކުގެ ސެކިއުރިޓީއަކީ އިންސްޓިޓިއުޓުން އަހައްމިއްޔަތުކަން ދޭކަމެކެވެ. ނަމަވެސް، ޕޯޓަލްގައި ޤާއިމްކޮށްފައިވާ ސެކިއުރިޓީ ފީޗަރތައް، ހުއްދަ ނެތް ތިންވަނަ ފަރާތަކުން ފޫއަޅުވާ ނުލާނެކަމުގެ ގެރެންޓީއެއް އަޅުގަނޑުމެންނަކަށް ނުދެވޭނެއެވެ. ދަރިވަރުގެ ޔޫޒަރ އެކައުންޓް ހުއްދަ ނެތި ބޭނުންކޮށްފައިވާކަމަށް ފާހަގަކުރެވޭނަމަ، ނުވަތަ އެކައުންޓުގެ ސެކިއުރިޓީ ގެއްލިފައިވާކަމަށް ފާހަގަކުރެވިއްޖެނަމަ، ވަގުތުން milg@lga.gov.mv އަށް އީމެއިލްކުރުމަށް ދަރިވަރު އެއްބަސްވެއެވެ. އަދި އެފަދައިން ވަގުތުން އިންސްޓިޓިއުޓަށް ނުއެންގުމުގެ ސަބަބުން ދަރިވަރަށް ލިބޭ ގެއްލުމަކަށް އިންސްޓިޓިއުޓުން ޒިންމާއެއް ނުވާނެއެވެ. 

ތިންވަނަ ފަރާތެއްގެ ކޮންޓެންޓު

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްއާއެކު ޕާޓްނަރކުރާ ފަރާތްތަކުގެ ކޯސްތައް ނުވަތަ ކޮންޓެންޓު ކިޔެވެނި ޕޯޓަލް މެދުވެރިކޮށް ދަރިވަރުންނަށް އެކްސެސްވެވޭނެއެވެ. ތިންވަނަ ފަރާތަކުން ތައްޔާރުކޮށްފައިވާ މިފަދަ ކޯސް ނުވަތަ ކޮންޓެންޓެއްގައި ބަޔާންކުރާ ކަމެއް ނުވަތަ ކޮންޓެންޓަކާއެކުގައިވާ މަލްވެއަރއެއް ނުވަތަ ކޮންޓެމިނެންޓެއް، ނުވަތަ އެ ކޯހެއް ނުވަތަ ކޮންޓެންޓަކަށް ދަރިވަރު އެކްސެސްވުން، ބޭނުންކުރުން، ނުވަތަ އެކްސެސް ނުކުރެވުމާއި ބޭނުންނުކުރެވުންފަދަ ކަމަކާ ގުޅިގެން އެއްވެސް ޒިންމާއެއް ނުވަތަ އިލްތިޒާމެއް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްއިން ނުއުފުލާނެއެވެ.   

ޢިލްމީ ދިރާސާ

ދަރިވަރު ކިޔެވެނި ޕޯޓަލް ބޭނުންކުރާ ގޮތުގެ މަޢުލޫމާތާއި ރެކޯޑުތައް ޢިލްމީ ދިރާސާތަކަށް ބޭނުންކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ދިރާސާތަކުގެ މަޢުލޫމާތު ޙިއްޞާކުރުމުގައި، ދަރިވަރުގެ ހުއްދަ ލިބިގެން މެނުވީ، ކާކުކަން ދެނެގަނެވޭފަދަ މަޢުލޫމާތެއް ހާމައެއް ނުކުރާނެއެވެ. 

ބޭނުންކުރުމުގެ ހަމަތަކާ ޚިލާފުވުން

ކިޔެވެނި ޕޯޓަލް "ބޭނުންކުރުމުގެ ހަމަތައް"އާއި އަޅުގަނޑުމެންގެ އެހެނިހެން އުޞޫލުތަކާ ޚިލާފަށް ކިޔެވެނި ޕޯޓަލް ބޭނުންކޮށްފައިވާކަމަށް ފާހަގަކުރެވިއްޖެނަމަ، ޕޯޓަލް ބޭނުންކުރުމަށް ދަރިވަރަށް ދީފައިވާ އެކްސެސް ބާޠިލުކުރުމުގެ ޙައްޤު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ. އަދި އެގޮތުގެ މަތިން އެކްސެސް ބާޠިލްކުރެވިއްޖެނަމަ ކިޔެވެނި ޕޯޓަލްއަށް ވަނުމާއި ބޭނުންކުރުން ވަގުތުން ކެނޑިގެންދާނެއެވެ. 

މާނަކުރުން

"އިންސްޓިޓިއުޓް" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައި ރަޖިސްޓަރީކޮށްފައިވާ "މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް" (އެމް.އައި.އެލް.ޖީ.) (ރަޖިސްޓަރީ ނަންބަރު: 166/A-1/2019/07) އަށެވެ. 
"ކިޔެވެނި ޕޯޓަލް" ނުވަތަ "ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްއިން އޮންލައިންކޮށް ހިންގާ ކޯސްތައް ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ އީ-ލަރނިންގ މެނޭޖްމަންޓް ސިސްޓަމްއަށެވެ. 
"ދަރިވަރު" ކަމަށް ބުނެފައި އެވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްގެ "ކިޔެވެނި ޕޯޓަލް"ގައި ރަޖިސްޓަރީވާ ފަރާތްތަކަށެވެ.