މެނޫ ހުޅުވާ/ލައްޕާ
މެނޫ ހުޅުވާ/ލައްޕާ
ފުރަތަމަ ޞަފްޙާ
ކޯސްތައް
(current)
ލައިބްރަރީ
އަޅުގަނޑުމެންނާއި މެދު
ގުޅުއްވުމަށް
ރަޖިސްޓަރ
ލޮގިން
ކައުންސިލަރުން އަހުލުވެރިކުރުން
އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނީ ބާރުވެރިކަން
މި މޮޑިއުލްގައި ބަލާލާފައިވާނީ ލާމަރުކަޒީ ނިޒާމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް އެކުލަވާލާފައިވާ ޤާނޫނީ އޮނިގަނޑަށް. މިގޮތުން، ދިވެހިރާއްޖޭ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އޮނިގަނޑާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި އުފައްދަންޖެހޭ އިދާރާތަކާއި، މަޤާމުތަކާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، އަދި ސިޓީ ކައުންސިލްތަކާއި، ކައުންސިކްތަކުގެ އިޚްތިޞާޞް ކަނޑައަޅާފައިވާގޮތާއި، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާ ބެހޭ އެންމެހައި އުޞޫލުތައް ބަޔާންކުރުމަށްޓަކައި ހަދާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި، ލާމަރުކަޒީ ނިޒާމަށް ހިންގުން ބައްޓަންކުރުމަށް ހަދާފައިވާ އެހެނިހެން ޤާނޫނުތަކާއި ޤަވާއިދުތަކާ ބެހޭ މައުލޫމާތުތަކުގެ މައްޗަށް އަލިއަޅުވާލާފައި ވާނެ.
މީގެ އިތުރުން ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖެ ހިންގުން ބައްޓަންކުރުމަށް އެކުލަވާލާފައިވާ މުވައްސަސާތަކުގެ މަޢުލޫމާތާއި ކައުންސިލްގެ ވާޖިބު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ކަންކުރުމަށް ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަޢުލޫމާތު ވެސް ހިމަނާފައި ވާނެ.
މަގްސަދު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޤާނޫނީ އޮނިގަނޑަށް ކައުންސިލަރުން އަހުލުވެރި ކުރުވުން
ބައިވެރިވެލައްވާ
ފިލާވަޅުތައް
1. އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނީ ބާރުވެރިކަން
31:53
2. ގުޅިގެން ހިންގުން
18:04
3. ކައުންސިލަރުން
18:48
4. ކައުންސިލް އިދާރާގެ މުވައްޒަފުން
09:38
5. ޕަރފޯމަންސް މެނޭޖްމަންޓް ނިޒާމް
13:01
6. ރައްޔިތުންގެ ބައިވެރިވުން ހޯދުމާއި ކަންކަމުގައި ރައްޔިތުންނާ މަޝްވަރާކުރުން
13:18
7. ލީޑަރޝިޕް ހުނަރު
24:23
8. ހެޔޮ ހިންގުން ނުވަތަ 'ގުޑް ގަވަރނަންސް'
10:36
9. ކައުންސިލްގެ ބައްދަލުވުންތައް
12:04
10. ޖަވާބުދާރީވުމާއި މަޢުލޫމާތު ހާމަކުރުން
04:24
އިތުރު ކޯސްތައް
ކޯހުގެ ޕާރޓްނަރުން