އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮރިއެންޓޭޝަން

މި މޮޑިއުލްގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިޚާބުވެފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަން ކޮމިޓީ ހިންގުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދިނުން. މި މޮޑިއުލް އިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމާއި، ކޮމިޓީގެ ބާރާއި މަސްއޫލިއްޔަތުތަކާއި، މުސާރައާއި އަދި އެހެނިހެން އިނާޔަތްތައް ކަނޑައެޅިފައިވާގޮތާއި، ޗުއްޓީއާއި، ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ދެމެދު އޮންނަންޖެހޭ ގުޅުންތަކާއި، ރައްޔިތުންނާއި، ޖަމިއްޔާ ޖަމާޢަތްތަކާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، އަންހެނުން ބާރުވެރި ކުރުވުމަށް ރަށު ފެންވަރުގައި ކުރެވިދާނެ މުހިއްމު މަސައްކަތްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯކް ޕްލޭން އެކުލަވާލާނެ ގޮތާއި ބެހޭގޮތުން މުހިންމު މަޢުލޫމާތު ލިބިގެންދާނެ.
ބައިވެރިވެލައްވާ

ފިލާވަޅުތައް

1. ތަޢާރަފް
01:08
2. ޗެޕްޓަރ 1: އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން
08:11
3. ޗެޕްޓަރ 2: ބައްދަލުވުންތައް ބޭއްވުން
06:16
4. ޗެޕްޓަރ 3: ގުޅިގެން މަސައްކަތްކުރުން
05:30
5. ޗެޕްޓަރ 4: ލާމަރުކަޒީ ނިޒާމާއި އަންހެނުންގެ ދައުރު
18:00
6. ޗެޕްޓަރ 5 :ލާމަރުކަޒީ ޤާނޫނުގެ 8 ވަނަ އިސްލާހާއެކު ކޮމިޓީއަށް އައިސްފައިވާ ބަދަލުތައް
04:02
7. ޗެޕްޓަރ 6: ޕްލޭންކުރުމާއި އިދާރީ މަސައްކަތް ރޭވުން
08:03
8. ޗެޕްޓަރ 7: ކޮމިޓީގެ މާލީ ކަންތައްތައް ހިންގާ ބެލެހެއްޓުން
12:31
9. ޗެޕްޓަރ 8: މަސައްކަތުގެ މާހަލުގައި ދިމާވާ މައްސަލަތައް ހައްލުކުރުން
03:57

ކޯހުގެ ޕާރޓްނަރުން